ޔޫއެންއެފްޕީއޭގެ ޑިރެކްޓަރު ރައީސަށް ވަދާއީ ޒިޔާރަތް ކުރައްވައިފި ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫއެންއެފްޕީއޭ) އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިރެކްޓަރު މިޒް ލީން ކޭ ކްރިސްޓިއަންސެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ އަރިހަށް މިއަދު ވަދާއީ ޒިޔާރަތް ކުރައްވައިފި އެވެ.
ފުލުސް ރިޒާވް ފޯސްއާ ގުޅޭ މީހުންގެ ފިޒިކަލް ޓެސްޓް ފަށައިފިފުލުސް ސްޕެޝަލް ކޮންސްޓަބްލަރީ ނުވަތަ ރިޒާވް ފޯސްގެ ވަޒީފާއަށް އެދި ކުރިމަތިލި ފަރާތްތަކުގެ ޓެސްޓްތައް ނަގަން ފަށައިފިއެވެ.
ފަސް މީހުން ޒަހަމްކޮށްލި މައްސަލައިގެ ތުހުމަތަށް ނުރައްކާތެރި އިހްސާނުއްދީން ހައްޔަރުކޮށްފިއެންމެފަހުން މާލެ ތެރޭގައި ހިންގާފައިވާ ސިލްސިލާ މާރާމާރީ ތަކުގައި ފަސް މީހަކު ޒަހަމްކޮށްލި މައްސަލައިގެ ތުހުމަތުގައި ހަތަރުވަނަ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ޑައިވިނަށްފަހު ހާލު ދެރަވި ޓޫރިސްޓަކު މަރުވެއްޖެމާފުށީ ކައިރިއަށް މިއަދު މެންދުރު ޑައިވިންއަށް ގޮސް އުޅުނު ޓޫރިސްޓަކު ހާލު ދެރަވެގެން މާފުށީ ސިއްހީ މަރުކަޒުގައި ފަރުވާދެނިކޮށް މަރުވެއްޖެއެވެ.
ވެރިރަށުގެ ބޮޑު ބައެއް ފެނު އަޑީގައި!މިހާރު ކުރަމުންދާ ވިއްސާރައިގައި މިއަދު މާލެއަށް ގިނައިރު ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެ އާންމުންނަށް ދައްޗާ ކުރިމަތިލާން ޖެހިއްޖެ އެވެ.
އިންޑިޔާ މީހުންނަށް ރާއްޖޭގައި އަމާންކަން ކަށަވަރު ކުރަން ފުލުހާ މަޝްވަރާކޮށްފިރާއްޖޭގައި އުޅޭ އިންޑިޔާ މީހުންނަށް އަމާން ކަމާއި ސަލާމަތްކަން ކަށަވަރު ކުރުމާ ގުޅޭ ގޮތުން އިންޑިޔާ ހައިކޮމިޝަނަރު މރ. ރަޖީވް ޝަހާރޭ، ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒާ މަޝްވަރާ ކުރައްވައިފި އެވެ.
ގޭސް ފުޅިއަކާއި ދެ ހަން ތެޔޮ ވަގަށް ނެގި ކުޑަކުއްޖަކު ހައްޔަރުކޮށްފިގޭސް ފުޅިއަކާއި ދެ ހަން ކުކިން އޮއިލް ވަގަށް ނެގުމުގެ ތުހުމަތަށް ކުޑަކުއްޖަކު ހައްޔަރުކޮށްފި އެވެ.
އުމަރު ބޭނުންވި އަމުރު ކޯޓަކުން ނުދިންޕީޕީއެމް ޕްރައިމަރީއާ ގުޅިގެން ޕާޓީ ތެރޭގައި ހިނގާ ކަންކަން ހުއްޓުވުމަށާއި ޕީޕީއެމް ޕްރައިމަރީއާ ގުޅުން ހުރި އެއްވެސް މީހަކު ޕާޓީން ވަކި ނުކުރެވޭނެ ކަން ކަނޑައަޅައި ދިނުމަށް އުމަރު ނަސީރު އެދި ވަޑައިގެންނެވި އަމުރު ސިވިލް ކޯޓުން ނެރެއް ނުދިނެވެ.
ޖޭޕީގެ ސަރުކާރުގައި ފިތުނަވެރިންނަށް ފުރުސަތެއް ނެތް: ޤާސިމްޤައުމާއި ރައްޔިތުން ބައިބައިކޮށް، ފިތުނަވެރިކަން އުފައްދަން މަސައްކަތް ކުރާ އެއްވެސް ފަރާތަކަށް ޖުމްހޫރީ ޕާޓީގެ ސަރުކާރެއްގައި ބައިވެރިވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ސިޔާސީ ޕާޓީތައް ޒިންމާދާރުވުމަށް އީޔޫއިން ގޮވާލައިފިރާއްޖޭގެ ސިޔާސީ ޕާޓިތަކުން ޒިންމާދާރުވެ އެއް ޕާޓީ އަނެއް ޕާޓީއާއި ގުޅިގެން މަސައްކަތް ކުރުމަށް ޔޫރަޕްގެ އިއްތިހާދު (އީޔޫ) އިން ރާއްޖެއަށް ގޮވާލައިފިއެވެ.
ދިވެހި ތިން ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިއެއް ބޭނުން: ނިއުގެ ކޯޗުއޭއެފްސީ ކަޕުގެ ސެމީފައިނަލަށް ހޮވުނު ނިއުރޭޑިއަންޓަށް ބިދޭސީ ކުޅުންތެރިއަކާއެކު ހަތަރު ކުޅުންތެރިން ބޭނުންވާ ކަމަށް އެ ޓީމުން ބުނެފި އެވެ.
ރާއްޖޭގައި ދީނީ މިނިވަންކަން ދޭން އެމެރިކާ ބާރު އަޅައިފިފެބުރުއަރީ 7، 2012 ގައި ވެރިކަން ބަދަލުވި ފަހުން ރާއްޖޭގައި ދީނީ މިނިވަންކަން ހަނިކުރެވިފައިވާ ކަމުގެ ޝަކުވާ ލިބެމުންދާ މިންވަރު އިތުރުވެފައިވާ ކަމަށް އެމެރިކާގެ ޚާރިޖިއްޔާއިން ބުނެފި އެވެ.
އަފްރާޝީމް އަވަހަރާކޮށްލި ކަމަށް ހުމާމް އިއުތިރާފުވެއްޖެޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމަށް ޝަރީއަތުގެ މަޖިލީހުގައި ދައުވާ ލިބޭ ހުސައިން ހުމާމް މިއަދު ޝަރީއަތުގައި އެއްބަސްވެއްޖެ އެވެ.
ޔޮޓް ޓްއާސްގެ ދެ ރިސޯޓް ހަވާލު ކުރަން ދެވަނަ ނޯޓިސްއެއް ދީފިކުއްޔާއި ޖޫރިމަނާއަށް ދައްކަންޖެހޭ 40 މިލިޔަން ޑޮލަރު ނުދައްކައިގެން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ މަސްލަހަތު އޮންނަ ޔޮޓް ޓްއާސް މޯލްޑިވްސް އިން ހިންގާ ހއ. އަލިދޫ އާއި އދ. ކުޑަރަށް ސަރުކާރާއި ހަވާލު ކުރުމަށް ހަތް ދުވަހުގެ ނޯޓިސްއެއް ދެ ވަނަ ފަހަރަށް ފޮނުވައިފި އެވެ.
ހުކުމުގެ ކުރިން ތަކެތިވަނީ ދީފައި، މައްސަލަ އިސްތިއުނާފު ކުރާނަން: މީރާޓްރެޒާ ބިޒްގެ އޮފީގަށް މީރާއިން ވަން މައްސަލައިގައި އެ އޮތޯރިޓީއާ ދެކޮޅަށް ސިވިލް ކޯޓުން ކުރި ހުކުމަށްފަހު ޓްރެޒާ ބިޒުން އެ އޮތޯރިޓީއާ ބެހޭ ގޮތުން ދެއްކި ވާހަތަކަތަކަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް އެ އޮތޯރިޓީއިން ބުނެފި އެވެ.
ތޯލިބާނުންނާ ވާހަކަ ދައްކަން ތައްޔާރު: ނަވާޒު ޝަރީފްޕާކިސްތާނުގައި ހަރަކާތްތެރިވަމުންދާ ތޯލިބާން ހަނގުރާމަވެރިންގެ ފަރާތުން ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދަން ހުށަހަޅައިފިނަމަ ވަރަށް ބޮޑު ސަމާލުކަމެއް އެކަމަށް ދެއްވާނެކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒު ޝަރީފު ވިދާޅުވެއްޖެއެވެ.
މަރުގެ އަދަބު ރާއްޖޭގައި އުވާލަން ޖެހޭ: އދމަރުގެ އަދަބު ދިނުމާއި، އެހެނިހެން ބޮޑެތި ޖަރީމާތައް ހިންގާ ފަރާތްތަކަށް ބޮޑެތި އަދަބު ދިނުމަށް ހުކުމްކޮށް އެފަދަ ހުކުމް ތަންފީޒު ކުރުމަށް މަސައްކަތްކުރާއިރު، ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާއަށް ރިއާޔަތް ކުރަން އދ. އިން ގޮވާލައިފި އެވެ.
އެމެކްސް ކްރެޑިޓް ކާޑަށް ބިލުކުރާ ތާރީހު ބަދަލުކޮށްފިއެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑަށް ބިލު ކުރާ ތާރީހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބަދަލުކޮށްފި އެވެ.